ހަނދު ފަދައިން މެނުވީ އިންސާނާގެ ޙަޔާތް ނުވެއެވެ.
﴿وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ﴾ – سورة يس 39
އަދި ހަނދަށް ތިމަންއިލާހު މަންޒިލްތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.)
–
ހަނދާމެދު ވިސްނާފިކުރު ކޮށްލައިފިނަމަ އެނގިގެންދާނީ އިންސާނާގެ ޙަޔާތްވެސް ހަމަ މިފަދައިން ވާ ކަމެވެ. ފެށެނީ ޟަޢީފުކޮށެވެ. އޭގެ ފަހުގައި ބާރު ގަދަވަމުން އައިސް ފުރިހަމަވެ އެއަށްފަހު ދަށްވާން ފަށައެވެ.
=އިބްނު ޢުޘައިމީން ރަޙިމަހުﷲ=